ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނާއި ގާތަށް ޖެހިލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 25ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް ވަނީ 1.48 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 13 ޕަސެންޓު އިތުރު އަދަދެކެވެ.
ވޭތުވެދިޔަ 10 މަސް ތެރޭގައި އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އައިސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަހު ރާއްޖެ އަށް 177,915 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ މާޗު މަހުއެވެ. އެމަހު ރާއްޖެ އަށް 173,514 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން 25ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް 126,051 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އާއި އިންޑިއާ އަދި ޗައިނާ އިންނެވެ. މިއަހަރު ފެށުނީއްސުރެ ވެސް ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތީ ރަޝިޔާކަން ފާހަގަކުރެވެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި