އަށާރަވަނަ ރައްޔިތުން މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.
އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނަވާރަވަނަ މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާގެ ގޮނޑިއަށް ޝުޖާއު ވާދަކުރެއްވިއެވެ. އެފަހަރުގެ އިންތިހާބުގައި ޝުޖާއު އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވީ ކުޑަ ތަފާތަކުންނެވެ.
އެފަހަރުގެ އިންތިހާބުން ޝުޖާއު ނާކާމިޔާބުވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އާއި ވާދަކުރައްވައެވެ. އަހުމަދު އަށް 1435 ވޯޓު ލިބިވަޑައިގެންނެވިއިރު ޝުޖާއު އަށް ލިބިވަޑައިގަތީ 1345 ވޯޓެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި