މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވި ކަމަށް ބެލެވޭ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ އަދަބު ލުއިކޮށްދީ އެ ދެބޭފުޅުންނަށް މައާފު ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވުމުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ފާޑު ކިޔައިފިއެވެ.
އެކްސްގައި އެޕާޓީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތްވީ ކަމަށް އަމިއްލައަށް އިއުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ރައީސް ސޯލިހު މި ދެ ބޭފުޅުންނަށް މައާފު ދެއްވުމާއެކު މި ދެބޭފުޅުން މިހާރު ވަނީ މިނިވަންވެފައެވެ. މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގައިވާ ގޮތުން ކުށްވެރިންނަށް މައާފު ކުރުމާއި ނުވަތަ ކުށްވެރިން ކޮށްފައިވާ އަދަބު ލުއި ކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި އަދީބަށް ކުރިން ކުރި ހުކުމްތައް ބާތިލް ކުރުމުން އޭނާގެ މައްޗަށް އިތުރު 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ މި ސަރުކާރުގައި 2020 ވަނަ އަހަރު އެވެ. އަދި ޒިޔަތުގެ މައްޗަށް ކުރިން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް އޮއްވާ އިތުރު 12 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ދެ މަސް ވެސް އަދި ނުވެ އެވެ. އެ ބޭފުޅުން ޖަލުގައި ދުވަސްތަކެއް ހޭދަކުރި ނަމަވެސް ދައުލަތުން ގެއްލުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ހޯދިފައެއް ނެތެވެ.
މިކަމާއި ގުޅިގެން ސަރުކާރަށާއި ރައީސް ސޯލިހާއި އަދި އެމްޑީޕީ އަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔާ ނުރުހުން ފާޅު ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔައަދާލަތު ޕާޓީއަކީ އަހަރުމެން އެއްވެސްވަރަކަށްކަމުދާބަޔަކު ހިމެނޭޕާޓީއެއްކަމަކަށް ބަލައިގައްނަ ޕާޓީއެށް ނޫން ތިޔައީމިދުނިޔޭގެ މަންފާއާއި ޖާހަތް ބޭނުން ވާޕާޓީއެށް ވޭތުވިމާޒީންއެކަން އެގިއްޖެ
ފަޔާޒު