ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ރައްޔިތުން މަޖިލީހުގެ މެންބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކޮށްފިއެވެ.
މިއަދުގެ މަޖިލިސް ކުރާ އިދާރާ ކައިރިއަށް އާއްމުންގެ ބަޔަކު ވެސް ވަނީ އެއްވެ އަޑު އުފުލައިފައެވެ. އެފަރާތްތަކުން އަޑު އުފުލާފައި ވަނީ ސަރުކާރުން އިޒްރޭލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށެވެ. އެ އެއްވުމުގައި ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވެ.
ނަމަވެސް މަޖިލިސް ޖަލްސާގެ ތެރެއިން ވެސް މިއަދު ފެނިގެން ދިޔައީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މަންޒަރެވެ. މަޖިލީހުގެ ލައިވް ފީޑު ދޫކޮށްފައި އާއްމު ގޮތެއްގައި ހުންނަނީ މެންބަރަކު ވާހަކަދައްކާއިރު އެ މެންބަރަކަށް އަމާޒު ކޮށްފައެވެ. އެހެންކަމުން މިއަދު އިޒްރޭލާ ދެކޮޅަށް ޕޯސްޓަރުތައް ހިފައިގެން ބައެއް މެންބަރުން ވަނީ ކެމެރާ އަށް ސީދާ އަރާނެހެން މެންބަރުން ވާހަކަދައްކަމުން ގެންދިޔަ ވަގުތުތަކުގައި އެ މެންބަރެއްގެ ގާތަށް ވަޑައިގެން އިޒްރޭލާ ދެކޮޅަށް އަޑު އުފުލައިފައެވެ.
އެގޮތުން މެންބަރުން ވަނީ އިޒްރޭލާ އެއްވެސް ގުޅުމެއް އެއްވެސް ގޮތަށް އޮތް ނަމަ އެ ގުޅުމެއް ކަނޑާލުމަށް ގޮވާލާފައެވެ. އަދި އިޒްރޭލުން އުފައްދާ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށާއި އެތަކެތި ރާއްޖެ އެތެރެ ކުރުން ފަދަ ކަންކަން މަނާ ކުރުމަށް މެންބަރުން ގޮވާލެއްވިއެވެ.
މިއީ މަޖިލިސް ޖަލްސާއެއްގެ ތެރޭގައި މިފަދައިން އިޒްރޭލާ ދެކޮޅަށް މެންބަރުން އިހުތިޖާޖުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މަޖިލިސް ޖަލްސާގައި އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމާއި ގުޅޭ މައްސަލައެއް މިހާރުވެސް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީން އަންނަނީ ބަލަމުންނެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި