ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނާއިބުކަމުގެ މަގާމުގެ ހުވާ، ހުސައިން މުހައްމަދު ލަތީފް ކުރައްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިހާރު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. ނާއިބު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ހުސައިން ހުންނެވީ، ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގައެވެ.
އެހެންނަމަވެސް ނާއިބު ރައީސްކަމުގެ ހުވާ ކުރެއްވުމަށް އެ މަގާމުން ހުސައިން ވަނީ އިސްތިއުފާ ދެއްވަވައިފައެވެ.
ސިޔާސީ ދާއިރާ އަށް ހުސައިން ނިކުންނެވީ 18ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ހުސައިން ދައުރުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތެވެ.
ނަވާރަވަނަ މަޖިލީހަށް ނިކުންނެވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. އިންތިހާބު ކާމިޔާބު ކުރައްވާ ފަހުން އަނެއްކާވެސް ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ