ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަންކަމަށް ބެލުމަށްފަހު ފްލެޓު ލިސްޓު އަލުން ރިވިއު ކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އޭސީސީން އެންގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝަކުވާތަކަށް ބެލުމަށްފަހު އަލުން ފްލެޓު ލިސްޓު ނެރުމުންނެވެ. ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް އޭރުގެ ސަރުކާރުން ވަނީ ފްލެޓު ލިބުނު މީހުންނަށް އެގްރީމަންޓު ވެސް ފޮނުވައިފައެވެ. އަދި ފްލެޓު ލިބޭ ޓަވަރުވެސް ވަނީ އަންގައިފައެވެ.
މިދިޔަ ހުކުރު ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުގައި އިމާރާތް ކުރާ ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ރިޔާސީ އިންތިހާބައި ފުރަތަމަ ބުރާ ދޭތެރޭ ދޫކޮށްފައިވާ ފްލެޓުތަކާއި ގުޅޭ ލިސްޓު ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފްލެޓުތައް ރިވިއު ކުރަނީ ފްލެޓުތައް ދޫކޮށްފައި ތިބީ ހައްގުވެރިންނަށްތޯ ނުވަތަ ނޫންތޯ ބެލުމަށް ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެއްވެސް ފްލެޓެއް ނުވަތަ ބިމެއް ވެސް ނުދިނުމަށް ޑރ. މުއިއްޒު އޭރުގެ ސަރުކާރަށް ދެންނެވި ކަމަށާއި ނަމަވެސް އެކަމަށް ކުރީ ސަރުކާރުން އިހުތިރާމް ކުރައްވާފައި ނުވާ ކަމަށް ހައިދަރު ފާހަގަކުރެއްވިއެވެ.
"އެ ހިސާބުން ދޫކޮށްފައި ހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ގެދޮރުވެރިކުރުމަށާއި ބޯހިޔަވާހިކަމަށް ދޫކޮށްފައި ހުރި އެއްވެސް ފްލެޓުތައް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމް ކުރާކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ....
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ