ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރާ އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ގެއިން ފެނުނު ގަހަނާއާ ދަބަހާއި ސެންޓުގެ އަގު ހަތް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ބުނެފިއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ވިދާޅުވީ މަންޑޭ އެކި ފަރާތްތަކަށް ފްލެޓުތައް ވިއްކައިގެން އޭގެއިން ލިބުނު މަންފާ އަށް އަގުބޮޑު ފްލެޓެއް ގަނެފައިވާ ކަމަށެވެ. އެ ފްލެޓުގެ އަގު 8 މިލިއަނަށް އަރާއިރު އެގެއިން ފެނުނު ގަހަނާ އާއި އަތް ދަބަހާއި ސެންޓުގެ އަގު އެކަނި ވެސް 7 މިލިއަނަށް އަރާ ކަމަށެވެ.
ޝަމީމް ވިދާޅުވީ މަންޑޭގެ ގެއިން ފެނުނު ސެންޓު ފުޅިތަކުގެ ތެރޭގައި 200 އެއްހާ ސެންޓުފުޅި އެއްވެސް ގޮތަކަށް ނުކަނޑާ ހުރި ކަމަށެވެ.
ތަފްސީލް އަންނަނީ....
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ