ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށްފިއެވެ.
ބްލޮކް ކޮށްފައި ވަނީ ދިޔަވަރު.ކޮމް ނަމަކަށް ކިޔާ ނޫހަކާއި ކުރުސީ.ކޮމް ނަމަކަށް ކިޔާ ނޫހެކެވެ. މި ދެ ނޫހަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށެވެ.
ޝަހީބް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މީގެކުރިން ވެސް ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި ނޫސްތައް ނެރެފައި އެބަހުއްޓެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި