ސަރުކާރަށް ފާޑުކިޔާ ވެބްސައިޓުތައް ބްލޮކް ކުރުމުން ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު، މޯޑް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ކުރިން ނޫސްވެރިކަމުގައި ދާއިރާގައި މަސައްކަތްވެސް ކުރެއްވި މެންބަރު މޯޑް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ސަރުކާރަށް މަހެއްވީއިރު، ފެންނަން ފެށި ނޫސްވެރި ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ މަންޒަރު ކަމަށެވެ. ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިފަހުގެ ތާރީހުގައި މިކަން އެގޮތަށް ނުކުރާ ކަމަށެވެ.
ބްލޮކް ކޮށްފައި ވަނީ ދިޔަވަރު.ކޮމް ނަމަކަށް ކިޔާ ނޫހަކާއި ކުރުސީ.ކޮމް ނަމަކަށް ކިޔާ ނޫހެކެވެ. މި ދެ ނޫހަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށެވެ.
ޝަހީބް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކޮށްކޮ މެންނޭ މިސަރުކާރުގެ އަސްލު ސޫރަ ފެންނަންތިފެށީ.މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ ރާއްޖޭގައި ގަތުލު އާމުވެ ލޭއޮހޮރުވުން އިތުރުވެދާނެ ހެޔޮނުވާނެ މިސޫރަ ބަދަލުކުރޭ
ހާލި