އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓަންޓު ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަން ކުރުމަށް ޕޮލިސް ބޯޑުން ލަދާ ދީފިއެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، އެ މަގާމަށް ޝުޖާއުގެ އިތުރުން ދެން ކުރިމަތިލެއްވީ އެސިސްޓަންޓު ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. މިދިޔަ އަންގާރަ ދުވަހަށް އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ވަނީ ހަމަވެސްވެފައެވެ.
ޕޮލިސް ބޯޑުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ލަފާ ދެއްވީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަން ކުރުމަށެވެ.
ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފައެވެ.
އާ ސަރުކާރު ހަވާލުވިއިރު އެ މަގާމުގައި ބޭފުޅަކު ނެތުމުން އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖެއްސިއެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި