މިއަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް 1,834,759 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1,633,497 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް 12 ޕަސެންޓު ފަތުރުވެރިން ވަނީ އިތުރުވެފައެވެ.
ރާއްޖެ އަށް ފަތުރުވެރިން އަންނަ އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އިންޑިއާ އޮތްއިރު އެގައުމުން 205,278 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 203,539 ފަތުރުވެރިންނާއެކު ރަޝިޔާ އިންނެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޗައިނާ އިންނެވެ. އެގައުމުން 185,761 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކުވެސް ރާއްޖެ އަށް 5,493 ފަތުރުވެރިން އަންނަ ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު ރާއްޖޭގައި މަޑު ކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ