ހުޅުމާލެ ސަހަރާގައި ފެން ބޮޑުވުމުގެ ސަބަބުން މީހުން ވަޅުމުގެ ކަންކަން ވަގުތީ ގޮތުން އާސަހަރާ އަށް ބަދަލު ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ދާދިފަހުން މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުމަށް ވަޅު ކޮންނައިރު ފެން އަރާފައިވާ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ވަގުތީ ގޮތުން މީހުން ވަޅުލުން މާލޭގެ އާސަހަރާ އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ މޫސުން ރަނގަޅުވެ، ހުޅުމާލެ ސަހަރާގެ ފެންގަނޑު ހިނދުމުން އަލުން އެތަނުގައި މީހުން ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ.
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލާން ފަށާފައި ވަނީ މާލޭގެ އާސަހަރާ މަރާމާތަށް މިދިޔަ އަހަރު ބަންދު ކުރުމުންނެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި