މާލޭގެ މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ތެރެއަށް ބިސްތަކެއް އަޅާފައި ވަނީ ނަފްސާނީ ބަލި މީޙެއް ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެކުރިން ވިދާޅުވީ، އެ މިސްކިތް ތެރޭގައި ބިސް އަޅާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށަވެ. އަދި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކީ ފިރިހެނެކެވެ. ނަމަވެސް އެމީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަން މިހާތަނަށް ބެލި ބެލުންތަކުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ އެމީހާގެ އާއިލާއިން ޖެންޑާއާ ގުޅިގެން އެމީހާ އަށް ދޭން ޖެހޭ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި