ނައިބު ރައީސް ކަމުގެ މަގާމުގައި ޖިހާދު ހުންނެވި ދުވަސްވަރު، އެމަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ދޫކުރި ރެހެންދި ފްލެޓްގެ މައްސަލާގައި އެމަނިކުފާނުގެ އަތުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރީ ނައިބު ރައީސަކަށް ޖިހާދު ހުންނަވަނިކޮށް ރިޔާސީ ދައުރު ހަމަވުމުން ވެސް ރެހެންދި ފްލެޓް ހުސް ނުކުރައްވައި، އެތަނުގައި ދިރިއުޅުއްވި ކަމަށް ބުނެ އެވެ.
އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވި މުއްދަތުގެ އެޕާޓްމަންޓުގެ ކުއްޔާއި މެއިންޓަނެންސް ފީ އާއި ޔުޓިލިޓީ ފީ ހިމެނޭ ގޮތަށް 1.1 މިލިއަން ރުފިޔާ ހޯދަން ޖިހާދުގެ މައްޗަށް ދައުވާކުރީ ކުރީގެ ސަރުކާރުގަ އެވެ.
ސިވިލް ކޯޓުގެ ނިންމުމުގައިވާ ގޮތުން ޖިހާދަށް ކޮށްފައިވާ އެ ދައުވާ ބާތިލްކުރަން ދައުލަތުން މިދިޔަ މަހު އެދިފައިވާތީ އެ ދައުވާ ބާތިލްކުރީ އެވެ.
"ރެހެންދި ފްލެޓް ހުސްކުރަން ޖިހާދަށް އޭރު އެންގި ނަމަވެސް، އެއަށް އަމަލު ނުކުރައްވައި، އެއް އަހަރާއި ތިން މަސް ވަންދެން އެމަނިކުފާނު އެ ތަން ބޭނުން ކުރެއްވި ކަމަށް ދައުވާގައިވެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ ނައިބަކަށް ޖިހާދު އައްޔަން ކުރެއްވީ ޖޫން 22، 2016 ގަ އެވެ. ޖިހާދަކީ، ނައިބު ރައީސްކަމުގެ އިތުރުން ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަން ކުރެއްވި ބޭފުޅެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ