ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ.
އެ މައްސަލާގައި 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ ހުކުމް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ މައްސަލަ އަލުން ރިވިއުކޮށް، އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އެކަން އެ އޮފީހުން އިއްޔެ ވަނީ ހައި ކޯޓަށް އަންގައިފަ އެވެ. އެ އެންގުމާ އެކު ހައި ކޯޓުން ވަނީ އިސްތިއުނާފު މައްސަލާގެ ފޯމް ބާތިލްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ޒިޔާދުގެ މައްސަލާގައި ކުރި ހުކުމުގައި ވަނީ އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި އޭނާ ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަން ހެކިންގެ ބަހުން އެނގޭއިރު، އެއްބަސްވުމުގައި ކުށެއް އޮއްވައި އެއްބަސްވުމުގައި ސޮއިކުރި ކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ މަޝްރޫއު ހިންގުން ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދައުލަތުން އެސްޖޭ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޭން ޖެހުމުން ދައުލަތަށް ގެއްލުންވި ކަމަށް ދައުލަތުން ބުންޏަސް، އެކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ، ޒިޔާދަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެ އެއްބަސްވުން މިދިޔަ ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ބަދަލު ހޯދަން ދައުވާކުރި އެވެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ