ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ދިން ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ބެލުމަށް އެދިއްޖެއެވެ..
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި މިއަދު ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރު ކުރުމަށް 241 ކޮމެޓީ ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފުލުހުން ބުނީ މާލޭގެ މަގުމަތިން ޕީޖީ ޝަމީމަށް މީހަކު ހަމަލާދިން ކަމުގެ ރިޕޯޓެއް މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނި ނަމަވެސް، މިހާތަނަށް ބެލުންތަކުން އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި