ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ކުށް ސާބިތުނުވެ ސަލާމަތްވުމަކީ ކޯޓުތަކާ މެދު އިތުބާރު ގެއްލި, ކުށްވެރިން ސަލާމަތްވެވޭނެ ކަމުގެ ޔަގީންކަން އެ މީހުންނަށް ލިބެމުންދާ ކަމަށް ބުނެ އެކަމާ މެދު ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖުލައި, 2017 ގައި އަނަސްއަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
އެކަމާ ގުޅިގެން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އަނަސްގެ މަރުގެ ދައުވާލިބުނު އެންމެން ސަލާމަތްވުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެންމެންނަށް ފެންނަ ގޮތަށް ހިންގި އެ އަމަލުގައި އެންމެން ސަލާމަތްވެގެން ދިއުމަކީ ކޯޓުތަކާއި ތަންފީޒީ އިދާރާތަކާ މެދު އާންމުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އޭގެ ސަބަބުން, ކުށްކުރާ މީހުންނަށް ސަލާމަތްވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާތީ އެކަމާ މެދު ހިތާމަ ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ކުށްކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ އެވެ. އަދި އެކަމުގައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަނަސްގެ މަރުގެ ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ދިރާސާކުރަމުންދާ ކަމަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ