ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅޭ އިންޑިއާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހަނިމާދޫގައި ހިންގި މާރާމާރީގައި 39 އަހަރުގެ އިންޑިއާ ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އެ މާރާމާރީ ހިންގީ "ހަތިޔާރު" ބޭނުންކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮންކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި 37 އަހަރުގެ އިންޑިއާ މީހާ ތަހުގީގަށް ބަންދުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާ ދެމުންދަނީ ހަނިމާދޫ ސިއްހީ މަރުކަޒުންނެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި