ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ރައީސަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒާއި އޭނާގެ ސަނާ އަދި އިތުރު މީހަކު ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ މީހުން މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ އެމީހުންނާ ދެކޮޅަށް ހެކި ނެތުމުން ކަމަށެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މައްސަލާގައި ރަމީޒުގެ މައްޗަށް ތުހުމަތެއް ނެތް ނަމަވެސް ރަމީޒާއި ޝަމްނާޒު ވެސް ހުރީ ސަސްޕެންޑު ކޮށްފަ އެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި