ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިން މައްސަލާގައި ހަތް މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުގައި ފުލުހުން އެދިއްޖެއެވެ.
ތުހުމަތު ކުރެވޭ 7 މީހުން
- ޝަމާލް ޙުސައިން، 21، މުސްތަރީގެ، ތ. ގާދިއްފުށި
- ޒަޔާން ނަޞީރު، 23، ކެމީހިޔާ، އދ. މާމިގިލި
- އަބާން އަބްދުލްހަންނާން، 23، ރުވާ، ތ. ދިޔަމިގިލި
- ރަޖުވާން ލަތީފް، 22، މުރިނގު، ލ. މާމެންދޫ
- މިދުހަތު އާދަމް، 24، ރިވެލި، ރ. އަލިފުށި
- މުހައްމަދު ޖަޒަލާން، 22، ތުނޑި، ޖަވާހިރުވިލާ، ލ. ގަން
- އަހުމަދު މައިސާން ހާޝިމް، 20، ދަފްތަރު ނަންބަރު 2247، ކ. މާލެ
މި ހަތް މީހުންނަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ޝަމީމަށް ހަމަލާދީފައި ވަނީ މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުގެ ހެނދުނުއެވެ. ދިރިއުޅޭ ގޭ ދޮރުމަތިން ޝަމީމަށް ހަމަލާދީފައި ވަނީ މަރުތޭލެއް ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. އެ ހަމަލާ އަމާޒުކުރީ ބޮލަށެވެ. ނަމަވެސް އެ ހަމަލާ އެރީ ވާތު މުލައްދަނޑިއަށެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް