ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އަށް 1,527,171 މިލިއަނަށް ވަނީ އަރައިފައެވެ. މިއީ 2023ވަނަ އަހަރަށްވުރެ 9.5 ޕަސެންޓުގެ ކުރިއެރުމެކެވެ. އެވްރެޖު ގޮތެއްގައި ރާއްޖެ އަށް 5,574 ފަތުރުވެރިން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިމަހުގެ ހަތްވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ޗައިނާއެވެ. އެއީ 228,430 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެއީ 166,775 ފަތުރުވެރިންނެވެ. ތިންވަނަ އަށް އިނގިރޭސިވިލާތުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު އެގައުމުން ރާއްޖެ އަށް 128,595 ފަތުރުވެރިން ވަނީ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖު ގޮތެއްގައި ހަފްތާއަކު ރާއްޖޭގައި މަޑުކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ