އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ބޭރަށް ދާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) އަށް އެކަން އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ.
ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާގައިވަނީ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށެވެ.
އެގޮތުން ދައުލަތުގެ އެއް ބާރުގެ ވެރިޔާ ކަމަށްވާ އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުތަކުގެ އިސް ގާޒިން އަދި އިސް މެޖިސްޓްރޭޓުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އަންގަން ޖެހެނީ ޖޭއެސްސީއަށް ކަމަށް އެ ސާކިއުލާގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އުއްތަމަ ފަނޑިޔާރަށް އަންގަން ޖެހޭއިރު، ހައި ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެ ކޯޓުގެ އިސް ފަނޑިޔާރަށް އަންގަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އެ ސާކިއުލާގައިވާ ގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެ ކޯޓެއްގެ އިސް ގާޒީއަކަށް އަންގަން ޖެހޭއިރު ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ރަށުން ބޭރަށް ދާނަމަ އެކަން އެ ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓަށް އަންގަން ޖެހޭނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ