އިންޑިއާއާ އިންޑޮނީޝިއާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ހޮނިހިރުދުވަހު ދިއްލީގައި އޮތް ރަސްމިއްޔާތެއްގައި، ދެގައުމުގެ މެދުގައި ސޮއިކުރެވުނީ ސަގާފަތާއި، ސިއްޙަތާއި، މެރިޓައިމް އަދި ސަލަމަތާއި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ހާޒިރުގައެވެ. ޕްރަބޯވޯ އިންޑިއާއަށް ވަޑައިގަތީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕްރަބޯވޯ ވިދާޅުވީ، ދެގައުމަށް މުހިއްމު ވަރަށް ގިނަ ދާއިރާތަކުން އިންޑިއާއާއެކު މަޝްވަރާކުރެވިފައިވާ ކަމަށާއި، އެ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވާ ކަމަށެވެ. އަދި އިންޑޮނީޝިއާއަށް 'ބްރިކްސް'ގެ މެމްބަރުކަން ހޯދައިދިނުމުގައި އިންޑިއާއިން އަދާކޮށްދިން ދައުރަށް ޕްރަބޯވޯ ޝުކުރު އަދާކުރެއްވިއެވެ.
"މި ޖަމްއިއްޔާއަކީ ދުނިޔޭގެ ހަމަޖެހުމާއި ސަރަހައްދީ ގުޅުމަށް ވަރަށް މުހިއްމު ޖަމްއިއްޔާއެއް"، ޕްރަބޯވޯ ވިދާޅުވިއެވެ.
ޕްރަބޯވޯގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، އިންޑޮނީޝިއާއާއެކު ދިފާއީ އުފެއްދުންތެރިކަމުގެ ދާއިރާއިން ދެގައުމުން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި