ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފި އެވެ.
ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރާތުން އެދިފައިވަނީ އެ މައްސަލަ ނިމެންދެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމަށެވެ.
އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވެ އެވެ.
އެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލް ކުރިއިރު, ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެ ބިލް ބަލައިގަތުމަށް މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި ޕީއެންސީގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ވަނީ އަންގައިފަ އެވެ.
އިދިކޮޅު އެމްޑީޕީން ބުނާ ގޮތުގައި ފަނޑިޔާރުންގެ އަދަދު މަދުކުރަނީ މެމްބަރުން ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ