ގުދުރަތީ ރީތިކަން ނެތިގެން ނުދާނެ ގޮތަށް މަގުހެދުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ބ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކަމަދޫއަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.
"... ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަށް، ނެތިގެން ނުދާނެ ގޮތަށް މަގު ހެދުމަކީ މުހިއްމު ކަމެއް. ރައްޔިތުން ބޭނުންވާ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވިފައި ފެން ހިނދޭ ޑްރޭނޭޖު ނިޒާމެއްގެ ތެރެއިން މަގުތައް ދެމެެހެއްޓުން ކަމަށް ވަންޏާ، އެ ކޮންސެޕްޓުގައި އެކަން ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.
ހަތަރު ދުވަހަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ