އިމާރާތުގެ ބައިތަކެއް ވެއްޓުނު ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓު ހިންގި އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެ އިމާރާތުގެ ބައެއް ވެއްޓުނީ މިދިޔަ މަހުގެ 16ވަނަ ދުވަހުއެވެ. އެ ދުވަހު އިމާރާތުގެ ބައެއް ވެއްޓި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ބައެއް އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ.
އެ އިމާރާތަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަނެކެވެ. އެތަން ތަޅާލަމުން އަންނަނީ ވެމްކޯ އިންނެވެ. އެ އިމާރާތުގެ އެންމެ ނާޒުކު ތަންތަން މިހާރުވެސް ވަނީ ތަޅާލައިފައެވެ.
އެ އިމާރާތުގެ ހާލަތު ހުރި ގޮތުން އެކި ފަހަރުތައް މަތިން އެކި އިދާރާތަކަށް އާއްމުން ވަނީ ޝަކުވާ ހުށަހަޅައިފައެވެ. އަދި އެތަނަށް ވަދެ މަސްތުވާތަކެތި ބޭނުން ކުރާ މީހުން މަސްތުވާތަކެތި ބޭނުން ކުރަމުން އަންނާތީ އެކަމުގެ ޝަކުވާތައް ވެސް އާއްމުން ވަނީ ކޮށްފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި