އެއް އަހަރު ދުވަހުގެ މުއްދަތަށް އިންޑިއާގެ ޔޫޒަރުންނަށް ޗެޓް ޖީޕީޓީ ސަބްސްކްރިޕްޝަން ހިލޭ ދިނުމަށް އޯޕަން އޭ.އައި ކުންފުނިން ނިންމައިފިއެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށް ޗެޓް ޖީޕީޓީ ގޯ ގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭ ގޮތަށް އެކުންފުނިން ހަމަޖެއްސީ އިންޑިއާ މާކެޓުގައި އިތުރަށް ފައިގަދަކުރުމަށެވެ. ޗެޓް ޖީޕީޓީ ގޯ ގެ ޚިދުމަތް މިދިޔަ އޮގަސްޓް މަހު އިންޑިއާގައި ފެށީ މަހަކު އެންމެ 399 ރުޕީޒް ނުވަތަ 4.54 އެމެރިކާ ޑޮލަރުގައެވެ. އިންޑިއާއަކީ އެމެރިކާއަށްފަހު އޯޕަން އޭ.އައި ގެ އެންމެ ބޮޑު މާކެޓެވެ. އަދި ވަރަށް އަވަހަށް އެކުންފުނީގެ މައި މާކެޓަށް ވުމުގެ ފުރުސަތު އޮތްކަމަށް އޯޕަން އޭ.އައި ގެ ވެރިޔާ ސޭމް އަލްޓްމަން ބުނެފައިވެއެވެ.
ޖެނެރޭޓިވް އޭ.އައި ބޭނުންކުރުން އިންޑިއާގައި ހަލުވި ދުވެލީގައި އިތުރުވަމުން އަންނައިރު، އޭ.އައި ބޭނުންކޮށްގެން ދޮގު މައުލޫމާތާއި ޑީޕް ފޭކްސް ހެދުން އިތުރުވަމުން އަންނަ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެހެންކަމުން މިމައްސަލައަށް ހައްލުތަކެއް ހޯދުމަށް އިންޑިއާ ސަރުކާރުން ގެންދަނީ ޒަމާނީ ގާނޫނުތަކެއް ހަދަމުންނެވެ.
އޯޕަން އޭ.އައިގެ އުފެއްދުންތަކަށް އިންޑިއާގައި އޮންނަ މަގުބޫލުކަން އިތުރުވަމުން އަންނައިރު، ވާދަވެރި ޕާޕްލެކްސިޓީ އާއި ގޫގަލްގެ ޖެމިނާއީއިންވެސް ގެންދަނީ އިންޑިއާގެ މާކެޓަށް ޚާއްސަ އަގުތަކަކާއި ޕްލޭންތަކެއް ހުށަހަޅަމުންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް