މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އެ ކުއްޖާގެ ބައްޕަ ހާމަކުރި ގޮތުގައި، އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު މަޣުރިބު ނަމާދަށް ދަނިކޮށް، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބޭ 17 އަހަރުގެ ދެ ކުދިން ވަނީ އޭނާއަށް ބިރުދައްކާފައެވެ. އެ ދެ ކުދިން މިކަން ކޮށްފައި ވަނީ އެ ކުއްޖާ ގަދަކަމުން ފަޅު ތަނަކަށް ގެންދިއުމަށް ފަހު ކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.
އެ ކުއްޖާގެ ބައްޕަ އިތުރަށް ބުނި ގޮތުގައި، އޭނާގެ ދަރިފުޅާއި މެދު އެގޮތަށް އަމަލުތައް ބެހެެއްޓި ދެކުދިން ވަނީ އެ ކުއްޖާއަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން މަސައްކަތްކޮށްފައެވެ.
އަދި އެ ކުއްޖާގެ ހަށިގަނޑުގައި ސިނގިރޭޓު ބަޓު ޖައްސައި، އެކަމުގެ ވާހަކަ މައިންބަފައިންގެ ގާތުގައި ބުނެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބައްޕަ ބުންޏެވެ.
އެ ހާދިސާއަށް ފަހު ކުއްޖާ ހުރީ ބިރުން ކަމަށާއި އެކުއްޖާ އަށް ވާހަކަ ވެސް ދައްކަން އުނދަގޫ ވެފައިވާ ކަމަށް ބުންޏެވެ.
މިއީ އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށް ނޫން ކަމަށާއި، ސަރުކާރާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން މި މައްސަލަ އަވަހަށް ބަލައި، އިންސާފު ހޯދައިދިނުމަށް އެކުއްޖާގެ ބައްޕަ ވަނީ ގޮވާލައިފައެވެ. އަދި އެއްވެސް ކުއްޖަކު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިގެން ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލާގައި ޖެންޑާ އިން ވެސް އަދި ފުލުހުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް