މިމަހުގެ 20 ވަނަ ދުވަހު ޕްރިމިއާ ކޮށް މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުންދާ ދިވެހި ފިލްމު “ލިލީ” ގެ ހައުސްފުލް ޝޯތަކަކާއިއެކު އަންނަ ހުކުރު ދުވަހުގެ މެންދަނު ޝޯވއަށްވެސް ޓިކެޓު ވިއްކަން ފަށައިފި އެވެ.
“ލިލީ” އަކީ މައެއްގެ ނުބައި ކަމުން ކުޑަކުއްޖެއްގެ ދިރިއުޅުން ބަދަލުވާގޮތް ދައްކުވައިދޭ ފިލްމެކެވެ.
ގޭތެރޭގައި ކުރާ އަނިޔާއާއި މުޖުތަމައުގެ ތެރެއިން ކުދިންނަށް ލިބޭ އަނިޔާއަށް ފިލްމުގައި ވަނީ އަލިއަޅުވާލައިފަ އެވެ.
މިހާތަނަށް ހައުސްފުލް އަށް ޝޯވއެއް ދައްކާފައިވާ މި ފިލްމުގެ މިހާރު ވިއްކަމުން ދަނީ ބުދަ ދުވަހާއި ހަމައަށް އަޅުވާ ޝޯތަކުގެ ޓިކެޓެވެ. ފިލްމު ސިނަމާގައި ދައްކަން ހަމަޖެހިފައިވަނީ މިމަހުގެ 30 އާއި ހަމައަށެވެ. ޓިކެޓު ވިއްކަނީ އޮލިމްޕަސް ސިނަމާއިންނެވެ. މީގެ އިތުރުން 7505079 އަށް ވައިބާ ކޮށްގެންވެސް ޓިކެޓު ނެގޭނެ އެވެ. އަދި އެމީހުންގެ ވެބްސައިޓް ބުކް.ލިލީދަމޫވީ.ކޮންމް އަށް ޒިޔާރަތްކޮށްގެން ވެސް ޓިކެޓް ނެގޭނެއެވެ.
ގެވެށި އަނިޔާ އާއި އެހެނިގެން އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް އުފައްދާފައިވާ މި ފިލްމު ބަލާ ގިނަ ބެލުންތެރިން ފާހަގަކުރާ ގޮތުގައި ފިލްމު ގެނަސްދީފައިވާ ގޮތް މޮޅެވެ. ހާއްސަކޮށް މިފަދަ ހުތުރު އަމަލުތަކެއް ގެނަސްދިންއިރު އެއްވެސް ވަރަކަށް އަޑުއަހަން ނުކެރޭފަދަ ބަހުރުވަ ބޭނުން ނުކޮށް ހުރިކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. މީގެ އިތުރުން އެކްޓަރުންގެ މޮޅުކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް އައިޝާ އަލީ، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ހަލީމްގެ ފަރާތުން ފެނުނު އެކްޓިންގްއަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.
މިމަހު 20 ގައި އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި “ލިލީ” އަޅުވަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ.
ޅ. ހިންނަވަރުގައި މަންޒަރުތައް ނަގާފައިވާ “ލިލީ” ގެ ލަވައެއް ލ. އަތޮޅުގެ ރަށްތަކުގައިވެސް ނަގާފައިވެ އެވެ. މި ފިލްމުގައި ހިންނަވަރުގެ ރައްޔިތުން އެކި މަންޒަރުތަކުގައި ފެނެ އެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި