މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރީ ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް އިބޫ އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫޢުތައް ނިންމުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް އިބޫ ވިދާޅުވީ “މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް “ކުރީ ސަރުކާރުން” ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރަމެވެ. އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅުބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެކެވެ.”
މި ޕްރޮޖެކްޓްތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަ ކަންތައްތަކަށް ހައްލު ހޯދައިދީ، މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މި މަޝްރޫޢުތައް ނިންމުން ލަސްކޮށްގެން ނުވާނެ ކަމަށް ރައީސް އިބޫ ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި