މަސްވެރިންގެ ދުވަހު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ކުރި މުޒާހަރާއިން ހައްޔަރު ކުރި މަސްވެރިން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޔަރުކޮށްފައިވާ މުހައްމަދު ސާދިގު (ޖެރީ) އާއި އަބްދުލް ލަތީފު އަހުމަދާއި މުހައްމަދު މުސްތަފާ ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
"އެއްވެ، އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން މި ކުރާ މަސައްކަތްތައް ހުއްޓާލަންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި މަސްވެރިން ހައްޔަރު ކުރީ ރައީސް އޮފީހާ ދިމާލުން ކަނޑުއޮޅީގައި 49 ދޯންޏަކުން ގުޅިގެން އިހްތިޖާޖު ކުރަމުންދާތާ 24 ގަޑިއިރުފަހުންނެވެ. ކޯސްޓުގާޑުގެ އުޅަނދުތަކާއި ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށްގެން ދޯނިތަކަށް އަރައި، އެ ދޯނިތަކުން ހަތަރު ބިދޭސީން ވެސް ހައްޔަރު ކުރިއެވެ.
ހައްޔަރުކޮށްފައިވާ ބިދޭސީން ދޫކޮށްލުމަށް ބީކޭއެމްޔޫ އިން ވެސް ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި