އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ނުވަ މަސް ފަހުން ބަންދުން ދޫކޮށްލައިފިއެވެ.
ޝަންމާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ.
ޝަންމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މީގެ ކުރިން ކޯޓުން އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގެ ބައެއް ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.
ނަމަވެސް، މައްސަލައިގެ އެންމެ މުހިންމު ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް މިއަދު ކޯޓުގައި އެދުނީ ދައުލަތުންނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ޝަންމާން ބަންދުން ދޫކޮށްލުމުގެ އިތުރުން، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށްވެސް އެދިފައެވެ.
ދައުލަތުގެ މި ހުށަހެޅުންތަކަށް ރިއާޔަތްކުރެއްވުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހުސާން ވަނީ ޝަންމާން ބަންދުން ދޫކޮށްލުމަށް ނިންމަވާފައެވެ. ގާޒީގެ ނިންމެވުމުގައި ޝަންމާން ބަންދުން ދޫކޮށްލީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ.
މީގެ އިތުރުން، އޭނާ ރާއްޖޭން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއްވެސް ކޯޓުން ވަނީ ނެރެފައެވެ. މި މައްސަލައަކީ އިމިގްރޭޝަންގެ އިސް މަގާމެއްގައި ހުރެ ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ ސީރިއަސް މައްސަލައެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ