މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރޯދަމަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.
މައުމޫން މިފަދައިން ވިދާޅުވިއިރު ބައެއް ގައުމުތަކުން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 19ވަނަ ދުވަސް ކަމަށް ބުނެފައެވެ. ނަމަވެސް ރާއްޖޭގެ ކަލަންޑަރުގައި ވެސް ރޯދަމަސް ފެށޭ ފުރަތަމަ ދުވަސް ކަމަށް ބުނެފައި ވަނީ މާދަމާ އެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި