ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ރައީސް ކަމަށް ޝައުގު ހުރެގެން ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕިގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ 54 މެމްބަރުން ސޮއިކޮށް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފައެވެ. ނަޝީދު ވަކިކުރަން ހުށަހެޅީ މަޖިލީހުގެ ރައީސްގެ މަގާމަށް އައުމަށް އަސްލަމް ބޭނުންވާތިވެ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ތުހުމަތުކޮށް ވާހަކަ ދައްކާފައެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަޙެޅީ ނަޝީދާ މެދު ޒާތީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.
"ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުން ތިޔަ ގޮނޑިއަށް (މަޖިލީހުގެ ރައީސް) ދިޔުމުގެ އެއްވެސް ކަހަލަ ވިސްނުމެއްގައެއް ނޫން" ވިދާޅުވިއެވެ. އެއަށް ފަހު ގާނޫނޫ އަސާސީ ނަންގަވާއި ވިދާޅުވީ "މި ފޮތަށް މަނިކުފާނު އިހުތިރާމް ނުކުރާކަން އަޅުގަނޑަށް ފާހަގަވީމަ" ވާހަކަ ނިންމާލަމުން އަސްލަމް ވިދާޅުވިއެވެ.
މީގެ ކުރިން ޕްރެސްކޮންފަރެންސެއްގައި މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ހުރިތޯ އަސްލަމްއާ ސުވާލު ކުރުމުން ވިދާޅުވެފައިވަނީ ޕާލިމެންޓްރީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ