ކުރިން މަލިންޑޯ އެއާގެ ނަމުން މަޝްހޫރުވި ބަޓިކް އެއާގެ ސީދާ ދަތުރުތައް މެލޭޝިއާ އިން ރާއްޖެ އަށް ފަށައިފިއެވެ.
ސަތޭކަ އެކާވީސް ފަސިންޖަރުންނާއެކު ރާއްޖެ އައިސްފައިވާ ބަޓިކް އެއާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް އަރުވައިފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ބަޓިކް އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށިގެން ދިއުމަކީ ދެކުނު އިރުމަތީ އޭޝިއާގެ އިތުރު ފަސިންޖަރުންނަށް ރާއްޖެ އަށް ދަތުރު ކުރުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށެވެ.
ރާއްޖެ އާއި ލަންކާ އަދި މެލޭޝިއާ އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބަޓިކް އެއާ އިން ބާއްވާނެއެވެ. އެ އެއާލައިނުން ރާއްޖޭގެ ދަތުރުތަކަށް ބޭނުން ކުރާނީ 180 ފަސިންޖަރުންގެ ޖާގައިގެ ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓެކެވެ.
މެލޭޝިއާ، ތައިލެންޑް އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް 50 މަންޒިލަކަށް ބަޓިކް އެއާ އިން ދަތުރުތައް ކުރެއެވެ.
ބަޓިކް އެއާގެ އިތުރުން މިދިޔަ ހަފްތާގައި ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނާސްގެ ދަތުރުތައް ވެސް ރާއްޖެ އަށް ވަނީ ފަށައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ