މަނާ ބޭސްތަކެއް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށް، ބަންދު ކުރުމަށް އަމުރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ހަ ފިރިހެނެކެވެ. ފުލުހުން އެމީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެއްޗާއި އަދި މަނާ ބޭސް ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރުމާއި އަދި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ހުރިހާ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އެމީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ އެމީހުން ރާއްޖޭގައި އުޅެމުން ދަނީ ގާނޫނާއި ހިލާފަށް ކަމަށްވެ، އެމީހުން ފިލުމުގެ އިހުތިމާލު އޮތަތީއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ މީގެތެރެއިން ބައެއް މީހުން ހުރި ކޮޓަރިން މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަނާ ބޭސްތަކެއް އެމީހުން ތިބި ތަނުން ފެނިފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ