ވެރިކަންކުރާ ޕާޓީ އެމްޑީޕީ އަބަދުވެސް ދަނީ ކުރިއަށް ކަމަށް އެ ޕާޓީގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޕާޓީ، އެމްޑީޕީ އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީ އާއި ޕާޓީގެ މެމްބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށެވެ.
އެމްޑީޕީއަށް 18 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު މި އަހަރު ތެރޭގައި އެ ޕާޓީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުންނާއި އާއްމު މެމްބަރުންތަކެއް ވަނީ ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވާ އެ ޕާޓީއާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެމްބަރަކު ވަނީ ގުޅިފައެވެ. އެ ޕާޓީ ގުޅިވަޑައިގަތުމަށް ނަޝީދުވެސް ވަނީ ދާދީ ފަހުން އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ނަމަވެސް ރަސްމީކޮށް ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެއް ނުވެއެވެ. އެކަމަކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ބެލެވެއެވެ. އަޑުތައް ފެތުރޭ ގޮތުގައި ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ނަޝީދު ވާދަކުރައްވާނެއެވެ. ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުންނެވިތޯ، މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާ ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދެއްވެއެވެ.
އާއެކޭވެސް ނުވަތަ ނޫނެކޭވެސް ވިދާޅުނުވެ އޭގެެ ބަދަލުގައި ފޮނުވައިލެއްވީ ރައީސް ސޯލިހަށް ބަހުގެ ހަމަލާއެކެވެ. ރައީސް ސޯލިހު ދަވަނަ ދައުރަކަށް ކުރިމަތިލައްވާތީވެ އެކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ "ވެރިކަމުގެ ވާހަކަ އަބަދު ދައްކާކަށް ނުވާނެ" ކަމަށެވެ. ރައީސް ސޯލިހާ ނަޝީދާ ދެމެދު އޮންނަ ގުޅުން މިހާ ބޮޑަސް ގޯސްވީ އެމްޑީޕީ ޕްރައިމަރީން ނަޝީދު ބަލިވި ހިސާބުންނެވެ. އޭގެ ކުރިންވެސް މި ސަރުކާރާށް ނަޝީދު ގެންދެވީ ފާޑުވިދާޅުވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ