މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ ޓިނު ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން މީގެކުރިން ދެމުންދިޔަ ވައިޓަލް ރަޖިސްޓްރޭޝަންގެ ހިދުމަތް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހުރި، ތިން މިނިސްޓްރީއެއް ހިނގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ގޯތިރޭގައި ހުރި، މާލެ ސިޓީގެ ވައިޓަލް ރަޖިސްޓްރޭޝަންގެ ހިދުމަތް ދެމުންދިޔަ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މި ވަގުތު، ވައިޓަލް ރަޖިސްޓްރޭޝަންގެ ހިދުމަތް ދެމުން ދަނީ، ހުޅުމާލޭ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެސިޓީގެ އޮފީހުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މި ހަފުތާތޭރޭ، ވައިޓަލް ރަޖިސްޓްރޭޝަންގެ ހިދުމަތް، މާލެއިން ދޭން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ގޯތިތެރޭގައި ހުރި މާލެ ސިޓީ ކައުންސިލްގެ ދެ ސެކްޝަނުން ސަލާމަތް ކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި އަލުން ގުދަންކޮށް އަލިފާން ނިއްވުމަށް ފެން ޖެހުމުގެ ސަބަބުން ތެމިފައިވާ ލިޔެކިއުންތައް ހިއްކުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ހިދުމަތްތައް މިހާރު ދަރުބާރުގެއަށް ވަނީ ބަދަލުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ