ޕެސިފިކްގައި އޮންނަ އެމެރިކާގެ ޖަޒީރާއެއްކަމަށްވާ ގުއާމްގައި އެ ގައުމުގެ އަސްކަރިއްޔާއިން މިސައިލް ޓެސްޓެއް ހިންގި ދަނޑިވަޅާއި ދިމާކޮށް ގުއާމަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ޗައިނާ ބަޔަކު ހައްޔަރުކޮށްފިއެވެ.
ޑިސެމްބަރު 10 ވަނަ ދުވަހު އެމެރިކާގެ މިސައިލް ޑިފެންސް އެޖެންސީއިން ވަނީ، ޗައިނާއިން ގުއާމަށް މިސައިލް ހަމަލާއެއް ދީފި ހާލަތެއްގެއްގައި، އެމިސައިލެއް ވައްޓާލާނެ ގޮތުގެ ތަމްރީނެއް ހަދާފައެވެ. ގުއާމްގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ މިސައިލް ޓެސްޓް ހެދި އެންޑެސަން އެއަރފޯސް ބޭސް ކައިރިންނެވެ.
ޗައިނާއިން ޕެސިފިކް ކަނޑަށް އަތްގަދަކުރުން ހުއްޓުވުމަށް އެމެރިކާއިން ގެންގުޅޭ އަސްކަރީ ސިޔާސަތުގައި ތަންފީޒުކުރުމުގައި ގުއާމްއަކީ މުހިއްމު ރޯލެއް އަދާކުރާތަނެކެވެ. އެރަށުގެ ބޮޑު ބައެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބިނާކޮށްފައިވާއިރު، މިތަންތަނުގެ ޖާސޫސީ މައުލޫމާތު ހޯދުމަކީ ޗައިނާއިން އިސްކަމެއް ދޭނެކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ހައްޔަރުކުރި ޗައިނާ މީހުންނާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖިއްޔާއިން ބައިނަލްއަގްވާމީ މީޑިއާގައި އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ