އަޟްހާ އީދު ދުވަހު ސްވިޑަންގައި ކީރިތި ގުރުއާނުގެ މުސްހަފެއް އެންދުމާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެޖަމިއްޔާއިން ނިންމައިފިއެވެ.
މިއަދު މެންދުރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައިރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، މުހައްމަދު ހަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގައި ސްވިޑަންގައި މުސްހަފެއް އެންދުމާ ގުޅިގެން އެފަދަ އަމަލުތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، އެފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާތީ އޯ.އައި.ސީ އިން ގުޅިފައިވާ ބަޔާނެއް ނެރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ސަރުކާރުން ވަނީ ސްވިޑަންގައި ކީރިތި ގުރުއާނުގެ މުސްޙަފެއް އެންދުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ، އެފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝިޢާރުތަކަށް ގެއްލުންދެނިވި ކަމެއްކަން ފާހަގަކޮށްފައެވެ.
އަދި އެފަދަ އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭފަދަ އަމަލުތަކުގެ ސަބަބުން އެކި ފިކުރާއި އަގީދާތަކުގެ މީހުން އެކުގައި ހަމަޖެހިގެން ދިރިއުޅުމުގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭކަން ވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ރާއްޖެއިން ވަނީ އިސްލާމް ދީނާ ދެކޮޅު މިފަދަ ޢަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ