ހެންވޭރު ގެއެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު މަރުވެފައި އޮއްވާ ފެނުނީ ވަގަށް ކަރަންޓު ކޭބަލެއް ނަގަން އުޅުނު މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
މަރުވެފައި އޮއްވާ އެ މީހާ ފެނުނީ ހ. ހާޅަލަމާގެ ގްރައުންޑް ފްލޯއިންނެވެ. އޭނާ މަރުވެފައި އޮތީ އެ ގެއަށް ވަންނަ ދޮރު ބުޑުގައެވެ.
އެނގިފައިވާ ގޮތުގައި އޭނާ އެ ގެއަށް އޭނާ ވަނީ މީހުން ހުކުރަށް ދިޔަ ވަގުތު ބަލާފައެވެ.
ފުލުހުން މިއަދު ބުނީ ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާއަކީ އެ ގެއިން ކަރަންޓް ގޭބަލެއް ވަގަށް ނެގުމަށް އެ ގެއަށް ވަދެ އުޅުނު މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ ކަރަންޓް ކޭބަލެއް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓު ޖެހިގެން ކަމަށެވެ.
"ނިޔާވެފައިވާ މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައިވާ ހުރި ކަމުގެ ނިޝާންތައް ފެންނަނަށް ހުރި" ފުލުހުން މިޑީއާތަކަށް ފޮނުވި މެސެޖެއްގައިވެއެވެ.
އެ މީހާ ބިން މައްޗަށް ވެއްޓިފައި އޮތް ތަނުން ވައްކަން ކުރަން ބޭނުންކުރާ އާލާތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ