ރައީސް އިބްރާހިމްގެ މުހައްމަދު ސާލިހުގެ ރިޔާސީ ފުރަތަމަ ދައުރު ނިމެން، ހަތަރު މަހަށްވެފައި ވަނިކޮށް، ރައީސްގެ އެޑްވައިޒަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝިހާބު، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވަނީ ހަތާވީހަށް ކަށަވަރުކޮށްދެއްވާފައެވެ.
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ޝިހާބު އައްޔަން ކުރެއްވީ އޮކްޓޫބަރު 15، 2019، ގައެވެ. އޭނާ ވަނީ އެ މަގާމު ތިން އަހަރާއި އަށް މަސް ވަންދެން ކުރައްވާފައެވެ.
ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ޝިހާބަކީ އެމްޑީޕީގެ މެމްބަރެކެވެ. ފަހަކަށް އައިސް، އެމްޑީޕީގެ ހަރާކްތަކުން އޭނާ ފެނިވަޑައިނުގަންނަވައެވެ. އޭނާ މީގެ ކުރިން ވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.
ޝިހާބު އެންމެފަހުން އިސްކޮށް ހަރަކާތްތެރިވިތަން ފެނިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ދެބޭފުޅުން ކޯލިޝަންގެ މަޝްވަރާތައް ކުރެއްވި ދުވަސްވަރު އެކަމުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި އަދާކުރައްވާ މަގާމުން ޝިހާބު އިސްތިއުފާ ދެއްވާފައި މި ވަނީ ރިޔާސީ ދައުރު ނިމެން ހަތަރު މަހާއި 15 ދުވަހަށްވެފައި ވަނިކޮށެވެ. ރިޔާސީ އިންތިހާބަށް ބާކީ އޮތީ ދެ މަހާއި ހަތް ދުވަހެވެ. ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ