ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު ހައްޔަރު ކުރުމަށް ކޯޓުން އަމުރެއް ނެރެދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަމުރު ނެރުނީ ރޭގެ ވަގުތެއްގައެވެ. މަންޑޭގެ މަންޑޭ ހައްޔަރު ކުރުމަށް އަމުރެއް ނެރުނުއިރު މަންޑޭ ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އިއްޔެ ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ފުލުހުން އިއްޔެ ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޝިއުން ޖިންއާއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އާބަންކޯ އިން ބުނީ “ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ” ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ “ކޭޕާކް ރެސިޑެންސް” ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، މިމައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް މިކޯޕަރޭޝަނުން އިއްޔެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މަންޑޭ ވަނީ އޭނާގެ އަމިއްލަ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މަންޑޭ ވިދާޅުވެފައި ވަނީ އެކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.
މިއީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބުނު އިތުރު ހިތްވަރެއް: ޝަމްހީދު
ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރެވޭނެ
ރައީސް ނަޝީދަށް އެމްޑީޕީ ގައުމީ މަޖިލީހުން ފުރުސަތު ދީފި
ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު
މައްސަލަ ހައްލުކުރަން ފައްޔާޒުކުރި މަސައްކަތަށް ނަޝީދުގެ ޝުކުރު
މައްސަލަ ހައްލުކުރަން އެމްޑީޕީ ގައުމީ މަޖިލިސް ކުއްލި ބައްދަލުވުމެއް