މިދިޔަ މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 920،156 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުން 28ވަނަ ދުވަހުގެ ނިޔަލަށް 110،912 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި [ޖެނުއަރީ 2022 އިން ޖޫން 2022] ރާއްޖެ އަށް އައިސްފައި ވަނީ 805،998 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 507،131 ފަތުރުވެރިންނެވެ.
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުއެވެ. އެއީ 177،915 ފަތުރުވެރިންނެވެ. މިދިޔަ މާޗު މަހަކީ ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ. އެގޮތުން މާޗު މަހު ރާއްޖެ އަށް 173،514 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އަހަރުގެ ފުރަތަމަ މަސް ކަމަށްވާ، ޖެނުއަރީ މަހުއެވެ. އެމަހުގެ ތެރޭގައި 177،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އަކީ ރާއްޖޭގެ އެއްވަނަ ފަތުރުވެރިކަމުގެ މާކެޓެވެ. ދެވަނާގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނާގައި އޮތީ ޔޫކޭއެވެ.
މިއީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބުނު އިތުރު ހިތްވަރެއް: ޝަމްހީދު
ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރެވޭނެ
ރައީސް ނަޝީދަށް އެމްޑީޕީ ގައުމީ މަޖިލީހުން ފުރުސަތު ދީފި
ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު
މައްސަލަ ހައްލުކުރަން ފައްޔާޒުކުރި މަސައްކަތަށް ނަޝީދުގެ ޝުކުރު
މައްސަލަ ހައްލުކުރަން އެމްޑީޕީ ގައުމީ މަޖިލިސް ކުއްލި ބައްދަލުވުމެއް