މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ފުލުހުން ހޯދަމުންދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ގައްބަރޭ، ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ފީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ އިއްުޔެ ކަމަށެވެ. ހަމަ އެ މައްސަލާގައި ޝާމިލުވާ ދެވަނަ މީހާ މިއަދު ދޫކޮށްލާފައިވާއިރު އެ މައްސަލަ ވެސް އިސްތިއުނާފު ކުރާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ގައްބަރޭ ހޯދުމަށް ފުލުހުން ވަނީ މީގެކުރިން އިއުލާނުކޮށްފައެވެ. އޭނާ ހޯދަން އިއުލާންކުރީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
ގައްބަރޭއަކީ ރާއްޖޭގައި ހިނގާފައިވާ ބައެއް މަރުގެ މައްސަލަތަކުގައި ވެސް ޝާމިލުވާ މީހެކެވެ. ރެކޯޑުތަކުން ދައްކާ ގޮތުން 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު (ޗޯޓޭ) މަރާލުމުގައި ބައިވެރިވިކަމަށް ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އަދި 2011 ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި މާލެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ