މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
އޭގެ ބޭނުމަކީ ސީއެސްއެމް އިން އެއްކުރާ ޑޭޓާ މެނޭޖްކޮށް ބެލެހެއްޓުން ހަރުދަނާކުރުމެވެ.
އެމްއޭސީއެލް ކޯޕަރޭޓް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސީއެސްއެމްގެ ޓްރެޝަރާ، ނީނާ މަންސޫރަށް ހަދިޔާގެ ޗެކް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއުއެވެ.
ފައިސާގެ ހަދިޔާ ދީފައިވަނީ އެމްއޭސީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުންނެވެ. އެމްއޭސީއެލް ބުނީ އެއީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ މިސާލެއް ކަމަށާއި އަދި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ ހަރުދަނާ އަޒުމް ދައްކުވައިދޭ ކަމެއް ކަމަށެވެ.
އާ އެޕްލިކޭޝަނާ އެކު މަސައްކަތަށް އިންގިލާބީ ބަދަލެއްއައިސް، ހަރުދަނާ އަދި ސިއްރު ސްކްރީނިންތަކަށް މަގުފަހިވެގެންދާނެ ކަމަށް ކެންސާ ސޮސައިޓީން ބުނެއެވެ.
"މި ސްކްރީނިން އެޕްލިކޭޝަން މެދުވެރިކޮށް ސްކްރީނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ޕޭޕަރލެސް އެޕްރޯޗެއް ލިބިގެންދާނެ، ރިއަލް ޓައިމް އެނަލިސިސް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ދިރާސާގެ ބޭނުމަށް ގިނަ ޢަދަދެއްގެ މަޢުލޫމާތު ލިބިގެންދާނެ"
ސީއެސްއެމް ވަނީ މިހާތަނަށް އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ސަވައިކަލް ކެންސަރު ފަދަ ތަފާތު ވައްތަރުގެ ކެންސަރަށް 20،900 އަށްވުރެ ގިނަ މީހުން ސްކްރީންކޮށްފައެވެ. މި އަހަރު އެ ސޮސައިޓީން އަންނަނީ ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިން ތައާރަފްކޮށް، އެ ޖަމިއްޔާގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ