ތިން ރަށެއްގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެ ތިން ރަށުގައި އެއާޕޯޓު އެޅުމަށް ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުންޏާއި އެ މަސައްކަތް ހަވާލު ކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީގައި ވަނީ ސޮއި ކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެގޮތުން ޕްނޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ކެޕިޓަލް މެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަންއެވެ.
މި މަޝްރޫއުގެ ދަށުން ބިލެތްފަހިން 56.34 ހެކްޓަރުގެ ބިން އަދި ތުޅާދޫން 44.70 ހެކްޓަރުގެ އިތުރުން ވިލުފުށި 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ކެޕިޓަލް މެރިންއާ އެ މަސައްކަތް ހަވާލުކުރީ 42 މިލިއަން ޑޮލަރު (654 މިލިއަން ރުފިޔާ) އަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ