މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖުތައް ހިންގާ ފަރާތްތަކަށް އެ މަސައްކަތަށް ބޭނުންވާނެ ބިން ކަނޑައަޅާ 23 ޕްލޮޓަކަށް ކުރިމަތިލުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލާފައެވެ.
އާބަންކޯ އިން ބުނީ މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެގޮތުން، މިފަހަރު ހުޅުވާލެވުނު 23 ޕްލޮޓަށް 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.
23 ޕްލޮޓުގެ ހައްގުވެރިން ކަނޑައެޅުމުގައި އެ ކޯޕަރޭޝަންގެ ފަރާތުން ވަނީ ހުށަހަޅާފައިވާ ފޯމުތަކުގައިވާ މަޢުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.
އެ ސާވޭއިން ބެލިބެލުމުގައި، ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ވަނީ ބަލާފައެވެ. އަދި މިފަހަރު ހާއްސަކަމެއް ދީފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށް ކަމަށް އާބަންކޯއިން ބުނެއެވެ.
މި ފަހަރު ހުޅުވާލެވުނު ފުރުސަތުގައި ދިނުމަށް ހަމަޖެހިފައިވާ ޕްލޮޓްތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފަށައިގެން 1447 އަކަފޫޓު ހުންނާނެއެވެ. އަދި ލިބުނު ތަރުހީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓުތައް ވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ