ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީ ހިމަނައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “ދަ ޑިމޮކްރެޓްސް" ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، އެޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް، މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އުފައްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދިނުމާއެކު މިމަހުގެ ހަވަނަ ދުވަހުގެ ރޭ އެޕާޓީ އުފެއްދުމުގެ ޖަލްސާ ވަނީ ބާއްވައިފައެވެ.
އެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ތެރެއިން ވަކިވެވަޑައިގެންނެވި މަޖިލީހުގެ 12 މެމްބަރުންވެގެން އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވެއެވެ. އެކަމަކު ރަސްމީކޮށް ނޭރޭނީ ކޮން ކެނޑިޑޭޓެއް ކަމެއް އަދި ހާމައެއްް ނުކުރެއެވެ. އެކަމަކު ނަޝީދު އެ ޕާޓީން ވާދަކުރުން ވަރަށް އެކަށީގެންވާ ކަމަށްވެއެވެ.
ނަޝީދު ދަ ޑިމޮކްރެޓްސްއާ ރަސްމީކޮށް ގުޅިވަޑައިނުގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.
މި ސަރުކާރުން ބަދަލުކުރަން ޑިމޮކްރެޓުން ދަނީ ޕީޕީއެމް/ޕީއެންސީއާ އެކު ސިލްސިލާ މަޝްވަރާތަކެއް ބާއްވަމުންނެވެ. ޑިމޮކްރެޓުން ބުނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރަން ޖެހުނު ކޮންމެ ބަޔަކާއެކުވެސް ކުރާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ