ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކ. ގުރައިދޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު ފައްޓަވާނެއެވެ.
ރައީސް މިއަދު މެންދުރުފަހު ފަށްޓަވާ ދަތުރުފުޅުގައި ކ. ގުޅި، ކ. ގުރައިދޫ އަދި ކ. މާފުށްޓަށް ރައީސް ވަޑައިގަންނަވާނެއެވެ.
ރައީސް މިއަދު ކުރައްވާ ދަތުރުފުޅުގެ މައުލޫމާތު އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ރޭގައި ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ރައީސް ދަތުރު ފައްޓަވާފައި ވަނީ ށ. އަތޮޅުންނެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ކެމްޕެއިން ފެށުމުގެ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ކޮމަންޑޫއަށެވެ. އެއަށްފަހު މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ހަމަ އެ ދުވަހު ރައީސް ވަޑައިގެންނެވިއެވެ.
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި